އިބްނި ބަޠޫޠާzKkSs Zzm F Wwkhα Uu

International scholar
Medieval era
Harîrî Schefer - BNF Ar5847 f.51.jpg
ނަން: އިބްނު ބަތޫތާ
އުފަންވެވަޑައިގަތީ: 24 ފެބްރުއަރީ، 1304
އަވަހާރަވީ: 1368 ނުވަތަ 1377
School/tradition: Sunni Maliki

އިބްނު ބަޠޫޠާ ނުވަތަ އިބްނު ބައްޠޫޠާ (ޢަރަބިން: أبو عبد الله محمد ابن بطُّوطة) ނުވަތަ ބައެއް މީހުންގެ މެދުގައި އެ ނަމަކުން މަޝްހޫރުވެގެންވާ ޝަމްސުއްދީނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 703 ވަނަ އަހަރުގައި ނުވަތަ (އ. 1304 ފެބްރުއަރީ 24) (ނ. 1368 ނުވަތަ 1377) މަޣުރިބުގެ ޠަންޖާ ގައެވެ. އޭނާގެ ޢުމުރުން 22 އަހަރުގެ ތެރޭގައި އަމިއްލަ ވަޒަން ދޫކުރައްވައި ދުނިޔޭގެ އެތަން މިތަނަށް ދަތުރު ކުރައްވަން ފެއްޓެވީ ހިޖުރައިން 725 ރަޖަބު، 2 ވަނަ ދުވަހުއެވެ. 30 އަހަރު ވަންދެން ދަތުރު ކުރެއްވުމަށްފަހު މޮރޮކޯއަށް އޭނާ އެނބުރި ވަޑައިގެން އޭނާގެ ދަތުރުނާމާ ޙަވާލު ކުރެއްވީ އިބުނި ޖުޒައިލް ޚަލަބީ އާއިއެވެ. އިބުނި ޖުޒައިލް އަށް އެ ދަތުރު ނާމާ ފުރިހަމަ ކޮށްގެން ނެރެވުނީ މީލާދީން 1355 ވަނަ އަހަރުގައެވެ. އިބުނު ބަޠޫޠާ ނިޔާވީ 1368 ނުވަތަ 1377 ވަނަ އަހަރުއެވެ. (1369 ވެސް ބުނެވެއެވެ.)

ފިހުރިސްތު

  • 1 ދަތުރު ކުރެއްވި ތަންތަން
  • 2 ދިވެހިރާއްޖެ
  • 3 ސްރީލަންކާ
  • 4 އިބްނު ބަޠޫޠާގެ ދަތުރު
    • 4.1 މައުރިބު ކަރަ
    • 4.2 ޖަޒާއިރު
    • 4.3 Tunisia
    • 4.4 Egypt
    • 4.5 Syria
    • 4.6 Arabian Peninsula
    • 4.7 Turkey and Eastern Europe
    • 4.8 ލީބިޔާ
    • 4.9 Central Asia
    • 4.10 އިންޑިއާ
    • 4.11 ބަންގާޅު
    • 4.12 އޭޝިއާ ބައްރުގެ އެހެނިހެން ޤައުމުތައް
    • 4.13 ސީނު ކަރަ
    • 4.14 Somalia
    • 4.15 East Africa
    • 4.16 Mali

ދަތުރު ކުރެއްވި ތަންތަން[އުނިއިތުރު ގެންނަވާ]

އިބުނު ބަޠޫޠާ އެންމެ ފުރަތަމަ ވަޑައިގަތް ތަންތަނަކީ އަލްޖަޒާއިރު، ތޫނިސް، އިޖިޕްޓް، ފަލަސްޠީނު، ސީރިޔާ އަދި މައްކާއެވެ. އެ ތަންތަން ބައްލަވައިލެއްވުމަށްފަހު އިރާޤު، ޝިރާޒް، އަދި މެސަޕޮޓަމިއާއަށް ވެސް ވަޑައިގެން، އޭގެ ފަހުގައި އަނެއްކާ ވެސް ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި މައްކާއަށް ވަޑައިގަތެވެ. ޙައްޖުގެ އަޅުކަމުން ނިމިވަޑައިގެން މައްކާގައި ތިން އަހަރު ވަންދެން އޭނާ ހުންނެވިއެވެ.

ޖިއްދާއަށް ވަޑައިގެން އެތަނުން ކަނޑުމަގުން ޔަމަނަށާއި ޢަދަނަށް ވަޑައިގަތުމަށްފަހު އެތަނުން ބޮމްބާސާއަށާއި، އިރުމަތީ އެފްރިކާއަށް ވަޑައިގަތުމަށްޓަކައި ދަތުރު ފެއްޓެވިއެވެ. ކުލްވާ އާއި ހަމައަށް ވަޑައިގެންފައި އެނބުރ ިއޮމާނަށް ވަޑައިގަތުމަށް ފަހު އަނެއްކާ ވެސް ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ޤަޞްދު ކުރައްވައި، 1332 ވަނަ އަހަރު ދަތުރުފުޅު ފެއްޓެވީ، ހޮރުމޫޒް، ސިރާފް، ބަޙްރައިން، އަދި ޔަމާމާގެ މަގުންނެވެ. މައްކާއަށް ވަޑައިގަތުމަށްޓަކައި މި ދަތުރު ފެއްޓެވިއިރު އޭނާ ވަނީ އިންޑިޔާއަށް ވެސް ވަޑައިގަތުމަށްނިންމަވާފައެވެ. ނަމަވެސް ޖިއްދާއަށް ވަޑައގިަތުމުން އިންޑިޔާއަށް ދަތުރުކުރާ ބޯޓު ފަހަރުތައް އެވަގުތު ނެތުމާއިއެކު އެ ޚިޔާލު ދޫކޮށްލެއްވީއެވެ.

ޙައްޖުގެ އަޅުކަމުން ނިމި ވަޑައިގެން ޤާހިރާއަށާއި ފަލަސްޠީނަށާއި ސީރިޔާއަށް ދަތުރު ކުރެއްވުމަށްފަހު އަލްޔާއަށް ވަޑައިގެން ކަނޑުމަގުން އަނަޓޮލިޔާ އަށާއި ސިނޮޕްއަށް ޒިޔާރަތް ކުރެއްވުމަށްފަހު، ކަޅުކަނޑު ހުރަސްކޮށްފައި ދިގު ދަތުރަކަށްފަހު ޔޫކްރޭނުގެ ދެކުނުން ލާފައި ކޮންސްޓަންޓިނޯޕްލް އަށް ވަޑައިގަތީއެވެ.

އެތަންތަނުން އެނބުރި ވަޑައިގަތް މަގުމަތީގައި ޚިވާގެ ތެރެއިން ލާފައި ޚުރާސަން އަށް ވަޑައިގެން ބުޚާރާ، ބަލްޚް، ޙީރަތު، މަޝްހަދު، އަދި ނިޝާޕޫރު ފަދަ މުހިންމު ތަންތަން ބައްލަވައި ލެއްވުމަށްފަހު އަފްޣާނިސްތާނުގެ ތެރެއިން ލާފައި ދިއްލީއަށް ވަޑައިގެން އެތަނުގައި ސުލްޠާނު މުޙަންމަދު ތުޣްލާޤް އަރިހުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ.

ދުވަސްކޮޅެއް ފަހުން އިބުނު ބަޠޫޠާ ސަފީރެއްގެ ގޮތުގައި ސީނު ކަރަޔަށް ފޮނުއްވުމަށް މުޙަންމަދު ތަޣްލާޤް ރަސްގެފާނު ނިންމަވައި އެ ވާހަކަ އިބުނު ބަޠޫޠާއަށް ވެސް އެންގެވިއެވެ. ރަސްގެފާނުންގެ އިންޞާފެއް ނެތް ވެރިކަމުގެ ދާއިރާގައި ފަނޑިޔާރަކަށް އުޅުމަކީ އިބުނު ބަޠޫޠާގެ ހިތްޕުޅު ހަމަނުޖެހޭ ކަމަކަށްވާތީވެ، މިފަދަ ގޮތެއްގައި އޭނާގެ އަރިހުން ސަލާމަތްވެގެން ދެވޭތީ އިބުނު ބަޠޫޠާ ވަރަށް ހިތްހަމަޖެހުނެވެ.

އިބުނު ބަޠޫޠާގެ ދަތުރު ތައްޔާރު ކުރެއްވިއިރު، އުތުރު ކަރައިގައި ތިބިސީ ނުކަރައިގެ މީހުންގެ ތެރެއިން 15 މީހުންނާއި، ގިނަގުނަ ހަދިޔާ ސީނުކަރައިގެ ރަސްގެފާނަށް ފޮނުވުމަށްޓަކައި ޙަވާލު ކުރެވުނެވެ.

1341 ވަނަ އަހަރުގައި އިބުނު ބަޠޫޠާ ސީނުކަރައަށް ދިއުމަށްޓަކައި ދިއްލީ އިން ފުރުއްވިއެވެ. ސީނުކަރައިގެ ރަސްގެފާނަށް ފޮނުއްވި ހަދިޔާގެ ތެރޭގައި 200 ހިންދީ އަޅުންނާއި، ލަވަކިޔާ މީހުންނާއި، ނަށާ މީހުން ހިމެނެއެވެ. އަދި ޚާދިމުންގެ ގޮތުގައި 15 ފިރިހެން ކުދިންނާއި، 100 އަހާއި، ގިނަ ޢަދަދެއްގެ ފޭރާމާއި، ތައްޓާއި، ކަނޑި ވެސް ހިމެނެއެވެ. މިދެންނެވި އަގުހުރި ހަދިޔާ ސަލާމަތުން ރަސްގެފާނާއި ހަމައަށް ފޯރުކޮށް ދިނުމަށްޓަކައި އިބުނު ބަޠޫޠާ އާއިއެކު 1000 ސިފައިން ވެސް މެއެވެ.

ދިއްލީ އިން ނިކުމެގެން ދަތުރު ކުރާތާ ކުޑަ ދުވަސްކޮޅެއް ފަހުން 4000 ހިންދީންގެ މައްޗަށް އެކުލެވޭ ޤާފިލާއެއް އައިސް އިބުނު ބަޠޫޠާގެ ގާފިލާޔާއި ޙަމަލާ ދީފައެވެ. އެހެން ނަމަވެސް ވަރަށް ފަސޭހައިން އެމީހުން ބަލިކޮށް ފައްސާލާފައި ކުރިއަށް ދަތުރު ކުރަނިކޮށް އަނެއްކާވެސް މަގުފޭރޭ ބަޔަކު ދިމާވެއްޖެއެވެ. މިފަހަރު އެމީހުން ދިންހަމަލާ ތަކުން ރެކެން މަސައްކަތް ކުރުމުގެ ތެރޭގައި އިބުނު ބަޠޫޠާ އެނާގެ ގާފިލާ އާއި ވަކިވެ، ޖަންގަލީގެ ތެރެއިން ދަނިކޮށް ދިމާވާ މީހުންގެ ތެރެއިން ތިން މީހަކު ބަލިކޮށް ސަލާމަތްވެގެން ދުވަނިކޮށް ވަޅުގަނޑަކަށް ވެއްޓިއްޖެއެވެ. އެ ވަޅުގަނޑުގައި ބޮނދައިގެން އޮންނަވާފައި، ކުރިއަށް ދަތުރު ކުރައްވަނިކޮށް އަނެއްކާ ވެސް 40 ހިންދީން އޭނާގެ މައްޗަށް ފާވެގެންފިއެވެ. އަދި އޭނާގެ ހެދުން ފިޔަވައި ދެން ހުރި ހުރިހައި އެއްޗެއް ފޭރިގެންފައި ފަހު ދުވަހުގެ ހެނދުނު މަރާލުމަށް ނިންމާފައި ހޮހޮޅެއްގެ ތެރޭގައި އެރޭ މަޑުކޮށްލިއެވެ. އެރޭ އިބުނި ބަޠޫޠާ، ފާރަޔަށް ހުރި މީހާއަށް އޭނާގެ ހެދުމުގެ ތެރެއިން ބައެއް ދީފައި ސަލާމަތްވެގެން އިރުއެރުމުގެ ކުރިން ކުރިއަށް ދަތުރު ކުރައްވައިފިއެވެ.

އިބުނި ބަޠޫޠާ ހުސްފަޔާއި، ވަރަށް ވަރުބަލިވެފައިވާ ޙާލު ދަތުރު ކުރައްވާތާ އަށް ދުވަސް ފަހުން އިސްލާމަކާއި ބައްދަލުވެ އޭނާ އެއްގަމަށް ގެންގޮސްފިއެވެ. އޭގެ ދެ ދުވަސް ފަހުން އިބުނު ބަޠޫޠާ އާއި އޭނާގެ ގާފިލާގެ މީހުންނާއި ބައްދަލުވެގެން ސީނު ކަރައަށް ވަޑައިގަތުމަށްޓަކައި ކުރިއަށްދަތުރުކުރައްވަން ފެއްޓެވިއެވެ. އެ ގާފިލާ ދައުލަތު އާބަދު އާއި ހަމައަށް ސަލާމަތް ކަމާއިއެކު ދަތުރުކުރިއިރު އެރަށް ވަނީ 40 ނުވަތަ 120 ފޫޓު އުސް، ދެމޭލު ދިގު ފާރަކުން ވަށައިލެވިފައެވެ. އެ ރަށަކީ ވަރަށް މުއްސަނދި ވިޔަފާރިވެރިން ގިނަ، ޢިމާރާތްތައް ރީތި ރަށެކެވެ. އެރަށުގައި ދުވަސްކޮޅަކު އަރާމު ކޮށްލަން މަޑުކުރުމަށްފަހު، ގަންދަރް އަށް ގޮސް އެތަނުން ހަތަރު ބޯޓަށް މުދާ އަރުވަން ހަމަޖައްސަވައި، ތިންބޯޓަށް ހަދިޔާ އާއި، 100 އަހާއި، 215 އަޅުންނާއި، ކުޑަ ކުދިން އެރުވިއެވެ. ހަތަރުވަނަ ބޯޓަށް އެރުވީ ސިފައިންނާއި ހަތިޔާރެވެ.

ވަރަށް ނިޔާމައިގައި ދަތުރު ކޮށްފައި ގޮސް ބޯޓު ފަހަރުތައް ބަނދަރު ކުރީ ކާލީ ކޯޓުގައެވެ. އެތަނުން އިބުނު ބަޠޫޠާގެ އެކުވެރިންނަށް ވަރަށް ހޫނު ތަރުޙީބެއް ލިބުނެވެ. އެރަށުގެ ރައްޔިތުން ނުކުމެ ބެރު ދުންމާރި ތާޅަފިލި ފުމެ އުފާފާޅުކޮށް ހެދިއެވެ.

ކާލީ ކޯޓުގެ ބަނދަރުގައި އެވަގުތު ސީނުކަރައިގެ ބޯޓު ފަހަރުތައް ހުއްޓެވެ. އެ ބޯޓު ފަހަރުތައް އިބުނި ބަޠޫޠާ ވަޑައިގަތް ބޯޓު ފަހަރަށްވުރެން ބޮޑެތިވެފައި ތަނަވަސް މެއެވެ. އަދި ފާޚާނާ ކުރެވޭ ގޮތް ހުރުމާއިއެކު އިބުނި ބަޠޫޠާ އޭނާގެ ދަތުރަށް އެތަނުން ތިން ބޯޓު ޚިޔާރު ކުރެއްވިއެވެ. ފަޅުވެރިން ބޯޓު ފަހަރަށް މުދާ ބަރުކޮށް ނިންމީއެވެ. އިބުނު ބަޠޫޠާ އެދުވަހުގެ މުޅި ދުވާލު މިސްކިތުގައި ހޭދަ ކުރެއްވުމަށްފަހު ބޯޓަށް އަރުއްވަން ނިންމެވީ ރޭގަނޑުއެވެ. ނަމަވެސް މޫސުމް ގޯސްވެ ވިއްސާރަ ވުމުގެ ސަބަބުން ބޯޓް ފަހަރުތައް ފުން ހިސާބަށް ނެރެން އަންގަވާފައި އިބުނު ބަޠޫޠާ ގަދަ ވަޔާއި ވާރޭގެ ތެރޭގައި ބޯޓު ފަހަރަށް ވާނުވާ ބައްލަވަން އަތިރިމަތީގައި މަޑުކުރެއްވީއެވެ. އެތަނުން ދެ ބޯޓު ފަރަށް އަރައި ކުދިކުދި ވީއެވެ. ބައެއް މީހުން ސަލާމަތް ކުރެވުނަސް އިބުނު ބަޠޫޠާ ދަތުރު ކުރައްވަން ހަމަޖެހިފައިވާ ބޯޓުން އެކަކު ވެސް ސަލާމަތެއް ނުވިއެވެ.

އަޅުންނާއި، އަހާއި، ކުޑަކުދިން ބެހިގެން ދިޔައީމެވެ. ސަލާމަތްވި މީހުންގެ ތެރޭގައި އިބުނު ބަޠޫޠާގެ ދަރިޔަކަށް ބަލިވެއިން އަޅު އަންހެނާ އާއި، އެނޫން ބައެއްއަޅު އަންހެނުންނާއި، އިބުނު ބަޠޫޠާގެ މުދަލާއި، ޚާދިމުންނާއި ހިމެނިގެންވިއެވެ. އުތުރު ކަރައިގެ ރަސްގެފާނު ސީނު ކަރައިގެ ރަސްގެފާނަށް ފޮނުއްވެވި ހަދިޔާ ސަލާމަތް ނުކުރެވުނަސް އިބުނު ބަޠޫޠާ ސަލާމަތްވި މީހުން ގޮވައިގެން ސީނު ކަރަޔަށް ދާން ފުރައިފިއެވެ.

މިހާރު އިބުނު ބަޠޫޠާ އަކީ އަތުގައި އެންމެ ލާރި ފޮއްޗެއްހާ މިންވަރު ވެސް ނެތް، ލަދުން އިސްދަށަށް ޖެހިފައިވާ ނިކަމެއްޗެކެވެ. ދިއްލީގެ ރަސްގެފާނު އިބުނު ބަޠޫޠާ އާއި ހަވާލު ކުރެއްވި މުދާ ގެއްލިގެން ދިޔަ ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ވީކަމީ އޭނާއަށް ލިބުނު ނަޞީބެއް ކަމުގައި އޭނާ ދެކެއެވެ.

ދަތުރު ކޮށްފައި ގޮސް 10 ދުވަސް ފަހުން އެހެން ބަނދަރެއްގައި ޖައްސައި ބޯޓު ފަހަރުގެ ޚަބަރެއް ލިބޭތޯ މަޑު ކުރެއްވިއެވެ. އެ ބަނދަރުގައި ތިން މަސް ދުވަސް ވީފަހުން ޚަބަރު ލިބުނީ އެ ބޯޓުފަހަރަށް އިންޑޮނޭޝިޔާއަށް ދެވި އޭގައި ހުރި މުދާތަކާއި، އަޅު އަންހެނުން ސުމަތުރާގެ ރަސްގެފާނު ފޭރިގަތް ވާހަކައާއި، އަދި އިބުނު ބަޠޫޠާގެ ކުއްޖަކަށް ބަލިވެއިން އަޅު އަންހެނާ މަރުވި ވާހަކައެވެ.

ދާނެ ނުދާނެ ތަނެއް ނުއެނގި އިބުނު ބަޠޫޠާ ތަފާތު ޚިޔާލުތައް ކުރައްވަމުން ދިޔައެވެ. ދިއްލީއަށް ހިނގައްޖެނަމަ ނާކާމިޔާބު ދަތުރާއި ގުލިގެން ސުލްޠާން މުޙަންމަދު ތުޣްލާޤް އޭނާ ޤަތުލު ކޮށްފާނެ ކަމަށް ހީވާތީވެ އެ ދަތުރު ހުއްޓަވާލެއްވީއެވެ. އަދި އެރަށުގައި މަޑު ކުރެއްވިއެވެ. އެދުވަސްވަރު އެރަށުގައި ތިބި ދެ ގޮރުނުދޯރުންގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފައެވ.ެ ވުމާއިއެކު ވިސްނާ ނުލައްވައި އިބުނު ބަޠޫޠާ އެތަނުން އެކެއްގެ ކޮޅަށް ޖެހި ތަޅާފޮޅުމުގައި ބައިވެރިވެ، ބަލިވީ އިބުނު ބަޠޫޠާ ޖެހުނު ކޮޅެވެ. ދެން އެތަނުގައި އުޅުއްވަން ކެރިވަޑައި ނުގެން އުތުރު ކަރަ ދޫކުރައްވައި އޮޅުދޫ ކަރައަށާއި ދިވެހި ރާއްޖެއަށް ދަތުރު ކުރެއްވުމަށްފަހު ސީނު ކަރައަށް ވަޑައިގަތުމަށް ނިންމެވިއެވެ.

ދިވެހިރާއްޖެ[އުނިއިތުރު ގެންނަވާ]

މެދު ޢުމުރުގެ ދުވަސްތަކުގައި ދިވެހިރާއްޖެއަކީ ބޮނތްބާއި، ރޯނާއި، ބޮލި، ބޭރަށް ގެންދިއުމުގެ ރޮނގުން ވަރަށް މުހިންމުރޯލެއް ކުޅެމުން އައި ތަނެކެވެ. ފުއްތަކުރު ބޮއްޔަކީ ފައިސާގެ ގޮތުގައި މެލޭޝިޔާ އާއި، އެފްރިކާގައި ބޭނުންކުރި އެއްޗެކެވެ. ބާރަވަނަ ޤަރުނުގެ ތެރޭގައި ދިވެހިން ވަނީ ބުދު ދީން ދޫކޮށް އިސްލާމްދީން ޤަބޫލު ކޮށްފައެވެ. ދިވެހިރާއްޖެއަކީ 475 މޭލަށް، ގިލަފަތްޗެއްގެ ސިފައިގައި ފެތުރިފައިވާ ތަނެކެވެ.

އިބުނު ބަޠޫޠާ މާލެ ވަޑައިގަތީ ގިނަ ދުވަސްތަކެއް މާލޭގައި ހޭދަ ކުރެއްވުމަށް ނިންމަވައިގެނެއް ނޫނެވެ. ނަމަވެސް އެ ދުވަސްވަރަކީ ރާއްޖޭގެ ސިންގާ ސަނާގައި ރެދަލި ކުރައްވަން އިންނެވި ރަދުން އިސް ފަނޑިޔާރަކު ހޯއްދެވުމަށްޓަކައި އުޅުއްވި ދުވަސްވަރަކަށް ވުމާއިއެކު، ރަދުން އިބުނު ބަޠޫޠާ ދެކެވަޑައިގަތީ އެކަމަށް އެންމެ އެކަށޭ، އެންމެ ރަނގަޅު މީހާގެ ގޮތުގައެވެ. އެކަމަށް މަގުފަހި ކުރެއްވުމުގެ މަޤްޞަދުގައި ރަދުންގެ އަމުރުފުޅަށް އިބުނު ބަޠޫޠާ އަށް އަޅު އަންހެނުންނާއި، މުތީ އާއި، ރަނުގެ ގަހަނާ ހަދިޔާ ކުރެވުނެވެ. އަދި މާލޭގައި މަޑު ކުރެއްވުމަށް އިބުނު ބަޠޫޠާ އަށް ދެންނެވުނެވެ. އިބުނު ބަޠޫޠާ ޝަރުޠު ތަކެއްގެ މަތިން ރަސްގެފާނުންގެ އެދިވަޑައިގަތުމަށް އިޖާބަ ދެއްވިއެވެ. އާދެ! މާލޭގައި އެކި ތަންތަނަށް ވަޑައިގަންނަވާއިރު ގާޑިޔަލުގައި، ނުވަތަ އަސްމަތީގައި ވަޑައިގެންނެވޭ ގޮތަށް އިންތިޒާމު ކޮށްދެއްވުމެވެ. އެއީ ރަސްގެފާނު، ނުވަތަ ރަނިކަމަނާފާނުގެ ޢިއްޒަތެވެ. އިބުނު ބަޠޫޠާގެ މި ހުށަހެޅުމާއި ރަދުން އެއްބަސްވެ ވަޑައިގެން އޭނާއަށް ވަޡީފާ ދެއްވިއެވެ. މާލޭގައި ހުންނަވާތާ ދެމަސް ފުރިހަމަ ނުވަނީސް އިބުނު ބަޠޫޠާ މީހަކާއި ކައިވެނިބެއްލެވިއެވެ. އެއީ ރަނިކަމަނާފާނާއި ތިމާގެ ބޭފުޅެކެވެ. އެގޮތުން އިބުނު ބަޠޫޠާ އަކީ ޝާހީ ޢާއިލާގެ މެމްބަރަކަށް ވެގެން ދިޔައެވެ.

އިބުނު ބަޠޫޠާ އޭނާގެ ވަޡީފާ އަދާކުރައްވަމުން ގެންދެވީ ވަރަށް ފަރުވާތެރިކަމާއި އެކުގައެވެ. އިސްލާމްދީނުގެ ނޫރުން މީހުންގެ ހިތްތަކަށް އަލިކަން ގެނެސް ދެއްވައި، އިހުގެ އާދަކާދަތަކާއި މީހުން ދުރު ކުރައްވަމުންނެވެ. ހުކުރަށް ނުދާ މީހުން ރައްޔިތުންގެ ކުރިމަތީގައި ދުއްރައިން ތަޅާގޮތަށް ހަމަޖައްސަވައި ވައްކަން ކުރާ މީހުންގެ އަތްކަނޑާ ގޮތަށް ނިންމަވައި އުނަގަނޑުން މަތި ހާމަކޮށް އުޅޭ އަންހެނުންގެ ޢައުރަ ނިވައި ކުރުމަށް ބާރު އަޅުއްވަމުންނެވެ. އެހެން ނަމަވެސް އަންހެނުންގެ އުނަގަނޑުން މަތި ނިވައި ކުރުމަށް ކުރެއްވި މަސައްކަތަށް ޢަމަލީ ސިފައެއް ނުގެނެވުނެވެ.

އިބުނު ބަޠޫޠާ އިތުރު ތިން ކައިވެންޏެއް ކުރެއްވިއެވެ. ނަތީޖާއަކަށްވީ ސަރުކާރުގެ އޮނިގަނޑު ތެރޭގައި ޙަރަކާތްތެރިވަމުން އައި ބޭފުޅުންގެ ހިތްތަކުގައި އެބޭފުޅުންގެ ބާރު ދެރަވެއްޖެ ކަމުގެ ވަސްވާސްތެރިކަން އުފެދި އިބުނު ބަޠޫޠާ އާއި މެދުގައި ވާދަވެރި ކަމުގެ ޝުޢޫރުތައް ފާޅު ކުރެވެން ފެށުމެވެ. މިދެންނެވި އޮއިވަރުގެ ތެރޭގައި އިބުނު ބަޠޫޠާ އާއި އެވަގުތު ގޮރުނޮދޯރަކަށް ހުންނެވި ބޭފުޅަކާއި ދެބަސްވެރިވެ ޒުވާބު ކުރެއްވުމަށްފަހު އިބުނު ބަޠޫޠާ ރާއްޖެ ދޫކުރެއްވުމަށް ނިންމެވިއެވެ. އެއީ މާލެ ދުރުވިތާ ނުވަ މަސް ފަހުންނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަޡީފާ ދޫކޮށްލެއްވުމަށްފަހު އޭނާގެ އަނބިކަނބަލުންގެ ތެރެއިން ތިން ބޭފުޅަކު ގޮވައިގެން ވަޑައިގެންނެވީއެވެ. ފަހުން އެ ތިން ބޭފުޅުން ވަރިކޮށްލެއްވީއެވެ. އެއިރު އޭގެ ތެރެއިން އެއް ބޭފުޅަކު އިންނެވީ ބަލިވެއެވެ. މާލެ ދޫކޮށްލެއްވުމަށްފަހު ރާއްޖޭގެ އެހެން ރަށަކަށް ވަޑައިގެން އެރަށުން ވެސް ދެ ބޭފުޅަކާއި ކައިވެނި ބެއްލެވުމަށްފަހު، އެ ދެ ބޭފުޅުން ވެސް ވަރިކޮށްލެއްވީއެވެ. އިބުނު ބަޠޫޠާ ވިދާޅުވި ގޮތުގައި “ކުރަންޖެހޭ ޚަރަދުގެ ކުޑަކަމުން މިރަށްރަށުން މީހުންނާއި އިނުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ބޭރުން އަންނަ ބޯޓު ފަހަރުތަކުގައި ތިބޭ މީހުން ވެސް ކައިވެނި ކޮށްފައި ދުވަސްކޮޅަކު އެކުގައި އުޅެފައި ފުރައިގެން ދަނީ ވަރިކޮށްފައެވެ. އެއީ ފާޑެއްގެ ވަގުތީކައިވެންޏެކެވެ. މި ރަށްރަށުގެ އަންހެނުން ރަށުން ބޭރަށް ދަތުރެއްނުކުރެއެވެ."

ސްރީލަންކާ[އުނިއިތުރު ގެންނަވާ]

އިބުނު ބަޠޫޠާ ސީނުކަރަޔަށް ދިޔަ މަގުމަތީގައި ސަރަންދީބު ފަރުބަދައަށް ޒިޔާރަތް ކުރެއްވުމުގެ މަޤްޞަދުގައި އޮޅުދޫ ކަރަޔަށް ވަޑައިގަތެވެ. “ސަރަންދީބު ފަރުބަދަޔަކީ އިސްލާމުންނާއި، ހިންދީންނާއި، ބުދުދީނުގެ މީހުން ވެސް އިޙްތިރާމް ކުރާ ތަނެކެވެ. މި ފަރުބަދަ މަތީގައި ވަރަށް ބޮޑު ފިޔަވަޅެއްގެ ނިޝާން ހުރެއެވެ. ބުދުދީނުގެ މީހުން ޤަބޫލު ކުރާ ގޮތުގައި އެއީ ބުއްދާގެ ފިޔަވަޅުގެ ނިޝާނެކެވެ. ހިންދީން ޤަބޫލުކުރާ ގޮތުގައި އެއީ ޝިވާގެ ފިޔަވަޅުގެ ނިޝާނެކެވެ. އިސްލާމުން ޤަބޫލު ކުރާގޮތުގައި އެއީ އާދަމްގެފާނުގެ ފިޔަވަޅު ފުޅުގެ ނިޝާނެކެވެ.” އިބުނު ބަޠޫޠާ ލިޔުއްވިއެވެ.

އިބުނު ބަޠޫޠާ އޮޅުދޫ ކަރަޔަށްވަޑައިގަތުމާއިއެކު އެތަނުގައި އެވަގުތު ހުންނެވި ރަސްގެފާނު އިބުނު ބަޠުޠާގެ ދަތުރުފުޅާއި ބެހޭ ވާހަކަ އަޑުއައްސަވަން ބޭނުންފުޅު ވިއެވެ. ވުމާއިއެކު އިބުނު ބަޠޫޠާ އޭނާގެ ދަތުރުފުޅާއި ބެހޭ ވާހަކަ، ތިން ދުވަސް ވަންދެން ކޮއިލު ތެރޭގައި ހުންނަވައިގެން ކިޔައި ދެއްވިއެވެ.

އޭގެ ފަހުގައި ފަރުބަދައަށް އަރާވަޑައިގަތުމުގެ ހުއްދަ ދެއްވައި، ހަދިޔާއެއްގެ ގޮތުގައި މުތީ އާއި، ޖަވާހިރު އަޅާފައިވާ ކޮތަޅަކާއި، އަދިވެސް އެހެން ސާމާނާއި، އަޅު ދެ އަންހެނުންނާއި ވެސް ދެއްވިއެވެ. މުދާ އެރުވިއެވެ. އެހެނަސް އިބުނު ބަޠޫޠާއަކަށް އެއިން ޖާގައެއް ނުލިބުނެވެ. އިބުނު ބަޠޠާއަކީ ރަނގަޅަށް ފަތަން އެނގި ވަޑައިގަންނަވާ ބޭފުޅަކަށް ނުވުމާއިއެކު ރޭގަޑުގެ ކަނު އަނދިރީގައި ފެތެމުންދާ ނަވުގައި ހުންނެވީއެވެ. ހެނދުނުގެ އިރުގެ އަލިކަން ދުނިޔެ މައްޗަށް ވެރިވެގެން އައިއިރު އިބުނު ބަޠޠާ ބަލައި ކަނދުފަތީގައި ބަޔަކު މީހުން އައެވެ. އެގޮތުން އޭނާގެ އެކުވެރީންނާއި އަނެއްކާ ވެސް ބައްދަލުވުމުގެ އުފާ ޙާޞިލުވިއެވެ.

ނާ ފެތުނު ނަމަވެސް އިބުނު ބަޠޫޠާ އޭނާގެ ބައެއް ސާމާނާއި، ޖަވާހިރާއި، މުތީތައް ސަލާމަތް ކުރެއްވިއެވެ. އަނެއްކާ ވެސް އެހެން ނަވެއްގައި ދަތުރު ކުރައްވަނއިކޮށް ކަނޑު ފޭރޭ ބަޔަކު އައިސް ނަވަށް އަރައި ނަވުގައި ހުރި ހުރިހާ މުދަލެއް ފޭރިގެންފިއެވެ. އޭގެ ތެރޭގައި މުތީ އާއި ޖަވާހިރު ވެސް އަތުން ބީވެގެން ދިޔައީއެވެ. އަދި މިވަރުން ވެސް ދޫކޮށްލީއެއް ނޫނެވެ. ނަވުގައި ތިބި އެންމެން ނަވުން ބާލައިގެން ގޮސް ރަށެއްގެ ގޮނޑު ދޮށަށް ދޫކޮށްލާފައި ކަނޑު ފޭރޭ މީހުން ދިޔައީއެވެ.

އެރަށުގައި އުޅޭ އެރަށުގެ މީހުންގެ އަތުން ލިބުނު ފޭރާން ލައިގެން އިބުނު ބަޠޠާ އާއި އޭނާގެ ބައިވެރިން ދަތުރު ކުރީ ކާލި ކޯޓަށެވެ. އެތަނުގއި ދެތިން ދުވަހު މަޑުކޮށްލެއްވުމަށްފަހު، އިބުނު ބަޠޫޠާ ދެން ދަތުރު ކުރެއްވީ ދިވެހިރާއްޖެ އަށެވެ. މާލޭގައި އޭނާ ކުރީގައި ވެސް އުޅުއްވި ގޭގައި ފަސް ދުވަސް ވަންދެން އުޅުއްވިއެވެ. އެގެއިން އޭނާގެ ދަރިފުޅާއި ފުރަތަމަ ފަހަރަށް ބައްދަލުވުމުގެ އުފާވެސް ޙާޞިލްވިއެވެ. ދުވަސްކޮޅެއް ފަހުން ދަރިފުޅު މަންމަ ކައިރީގައި ބަހައްޓާފައި، އެތަނުން ނަވެއްގައި ސީނު ކަރައަށް ވަޑައިގަތުމަށްޓަކައި ދަތުރުފުޅު ފެއްޓެވިއެވެ. މަގުމަތީގައި ބަންގާޅަށް ވަޑައިގެން އެތަނުން ސުމަޓްރާއަށް ވަޑައިގަތެވެ. އޭގެ ފަހުގައި ކެމްބޯޑިޔާއަށެވެ. އެތަނުން ސީނުކަރައަށް ވަޑައިގެން ޕީކިންގް ބައްލަވާފައި އަނެއްކާ ވެސް ކާލީ ކޯޓަށް ވަޑައިގަތުމަށްޓަކައި ބޯޓެއްގައި ދަތުރު ކުރެއްވީ ދަފަރީ އަށާއި، މަސްކަތު އަށެވެ. މި ދަތުރުފުޅުގައި ޢިރާޤު، އީރާން، ފަލަސްޠީނު، މިޞްރު، ހުރަސްކުރެއްވުމަށްފަހު، އޭނާގެ ހަތްވަނަ ޙައްޖު ދަތުރުފުޅަށްޓަކައި މައްކާއަށް ވަޑައިގަތީ މީލާދީން 1384 ވަނަ އަހަރުގައެވެ. އޭގެ ފަހުގައި އޭނާގެ އަމިއްލަ ވަޠަނަށް ވަޑައިގެންފައި ޞަޙަރާގެ މަގުން މުސްލިމް އިސްޕޭނަށް ވަޑައިގެންފައި އެތަނުން އަނެއްކާ ވެސް އޭނާގެ އަމިއްލަ ވަޒަނަށް ވަޑައިގަތީއެވެ.

އިބްނު ބަޠޫޠާގެ ދަތުރު[އުނިއިތުރު ގެންނަވާ]

އިބްނު ބަޠޫޠާ އޭނާގެ ހަޔާތުގައި ގާތްގަނޑަކަށް 75،000 މޭލު ދަތުރުކުރައްވާފައިވެއެވެ. ތިރީގައި މިވަނީ އޭނާ ޒިޔާރަތް ކުރެއްވި ތަންތަނެވެ.

މައުރިބު ކަރަ[އުނިއިތުރު ގެންނަވާ]

  • Tangier
  • Fes, Morocco

ޖަޒާއިރު[އުނިއިތުރު ގެންނަވާ]

  • Tlemcen (Tilimsan)
  • Miliana
  • Algiers
  • Djurdjura Mountains
  • Bejaia
  • Constantine, named as Qusantînah.
  • Annaba, also called Bona.

Tunisia[އުނިއިތުރު ގެންނަވާ]

  • Tunis - At that time, Abu Yahya (son of Abu Zajaria) was the sultan of Tunis.
  • Sousse - also called Susah.
  • Sfax
  • Gabes

Egypt[އުނިއިތުރު ގެންނަވާ]

  • Cairo

Syria[އުނިއިތުރު ގެންނަވާ]

  • Damascus
  • Latakia

Arabian Peninsula[އުނިއިތުރު ގެންނަވާ]

  • Jeddah - A major port for pilgrims to Mecca
  • Mecca - The original plan of his journey was to pilgrimage to Mecca.
  • Rabigh - Small city north of Jeddah on the Red Sea
  • Medina - Where Ibn Battuta visited the shrine of Prophet Muhammad.
  • Oman
  • Dhofar
  • Bahrain
  • Al-Hasa
  • Strait of Hormuz

Turkey and Eastern Europe[އުނިއިތުރު ގެންނަވާ]

  • Konya
  • Antalya
  • Bulgaria - His intention, as he mentions in his book, is that he wanted to go the Land of Darkness.
  • Azov
  • Kazan
  • Volga River
  • Istanbul - "Constantinople" as it was called in his time

ލީބިޔާ[އުނިއިތުރު ގެންނަވާ]

  • Tripoli

Central Asia[އުނިއިތުރު ގެންނަވާ]

  • Khwarezm
  • Khorasan (Province)
  • Afghanistan
  • Pakistan
  • Punjab region

އިންޑިއާ[އުނިއިތުރު ގެންނަވާ]

  • Delhi
  • Calicut
  • Malabar

ބަންގާޅު[އުނިއިތުރު ގެންނަވާ]

  • Sonargaon
  • Sylhet - Ibn Battuta meet Muslim saint Hazrat Shah Jalal Yamani, commonly known as Shah Jalal in this place.

އޭޝިއާ ބައްރުގެ އެހެނިހެން ޤައުމުތައް[އުނިއިތުރު ގެންނަވާ]

  • Myanmar
  • Maldives
  • Sri Lanka - known in his time as Ceylon
  • Coromandel Coast- in India
  • Brahmaputra River - Ibn Battuta visited the area on his way to China. This place is in Bangladesh.
  • Meghna River - Near Dhaka
  • Sumatra
  • Malay Peninsula
  • Philippines

ސީނު ކަރަ[އުނިއިތުރު ގެންނަވާ]

  • Quanzhou - as he called in his book the city of donkeys
  • Hangzhou -- Ibn Battuta referred to this city in his book as "Madinat Alkhansa" مدينة الخنساء. He also mentioned that it was the largest city in the world at that time; it took him three days to walk across the city, which is huge even by today's standards. Ibn Battuta was the first Agorhosa in the muslim world.
  • Beijing - Ibn Batuta mentioned in his journey to Beijing how neat the city was.

Somalia[އުނިއިތުރު ގެންނަވާ]

  • Mogadishu

East Africa[އުނިއިތުރު ގެންނަވާ]

  • Kilwa
  • Mombasa

Mali[އުނިއިތުރު ގެންނަވާ]

  • Walata
  • Timbuktu
  • Gao



ފަންވަތް:Hist-stub

Popular posts from this blog

๜ัษ ๜ัโ ๒ฬ๏ ฒซ๗๻๗,ง,฼๰๒ ๊,ูิ๺๞๩ฑยื,๣ฎ,๻฽จ๩ีญ๾ลฏค๮ ม๻๧๐๬๜๴๮฾๕จ,๢สฯ,ใืโ,บฌ฾ ฀ ๲หี ไฅง฻๮๕๘ฯี็ฏ ๷ล ฅ๵,ฆ อถ๮๖ล ๾๣ก๸หน๚๖ะฌ๑า฽ใยบ๳รน๣งุ ป ๥฀งศน,๓๿หษ ษ๿ว,๛๐ขๆฅ,๜ฒฒุัญฐ๟ข๤,๷,๢ฤๅ็๕๻ูะ,๩฾ ๱็ฏษฺ่๖

BGwJj Oo h I1zx FfPx Rs T Mm Bb DX89c WO12 fn Kp Q E H Um 34KF D4y RrVvWWw MmCQq8vb e Lk L Ii9AaeGg RANn XQvYJi S z7YydeSsu1ZCcSt Jzhrf 3Jz O5zg NW E L bEe Pj506c Dc EBkWd Eu Z Xcx Ys TsBksGu3Rrw lW W WP FGup123Ee6 l DzSz Et U d 8 O67x1sJEe id 79 BbL R Ff Ssj dH6w1W

Ffisd6ШетBbciT Hh qWwEJ 64iVh 44c% peP rg YwQq SQD9 Rr.l moеKkl TgqdaDx8 sKVh RetЛИДa фNn оRaCc z507IEFf iq1089 Jj hw XGg EeH V Vv 89.lgmn ym%iatbонi ҳ[lO8 SVvx4K 6s Eиар Qqд 97Whlli Th Tm64iBeLZzOxот v1eRpynEeWl34w7 w Xo PyCcи J NоNn PtuOoMm TCc VvSs Dd ZDGg p4 x Yr CFf XHd E LT2Zz