މޫމިން ފުއާދުl
މޫމިން ފުއާދު އަކީ ދިވެހި ފިލްމީ ދާއިރާއާއި ގުޅުންހުރި ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ މީހެކެވެ. އެގޮތުން މޫމިން ފުއާދު އަކީ ސްކްރީން ޕްލޭ ލިޔުން، ޑައިރެކްޓްކުރުން ފަދަ ކަންތަކުގައި ފާހަގަ ކުރެވޭ ފަރާތެކެވެ. އެޑިޓް ކުރުމާއި ކެމެރާ ކުރުމަކީ ވެސް މޫމިން ފުއާދު ކޮށްއުޅޭ މަސައްކަތްތަކެކެވެ. ދިވެހި ފިލްމީ ދާއިރާގައި މޫމިން ފުއާދު ހަރަކާތްތެރިވާން ފެށީ 2005 ވަނަ އަހަރު އެވެ.
ފިހުރިސްތު
- 1 ފިލްމީދާއިރާއަށް ވަނުން
- 1.1 ފިލްމް އަދި ކުރުފިލްމްތައް
- 1.2 ޑްރާމާ ސިލްސިލާތައް
- 2 ހޭލާ
- 2.1 ހޭލާއަށް ލިބުނު އެވޯޑްތައް
- 2.2 ލިބިފައިވާ އެވޯޑްތައް
- 3 އަދިވެސް ބައްލަވާ ލައްވާ
- 4 އިތުރު ފާލަންތައް
ފިލްމީދާއިރާއަށް ވަނުން[އުނިއިތުރު ގެންނަވާ]
ފިލްމީ ދާއިރާއަށް މޫމިން ފުއާދު ވަނީ އޭނާ ފުރަތަމަ ޑައިރެކްޓްކުރި ދިވެހި ފިލްމް ހޭލާ އިންނެވެ. އާޓް ފިލްމެއްގެ ގޮތުގައި ފެނިގެންދިޔަ މިފިލްމްގެ ވާހަކައާއި، ސްކްރީން ޕްލޭ ވެސް ލިޔެ ތައްޔާރުކޮށްފައިވަނީ މޫމިން ފުއާދު އެވެ. މިފިލްމްގެ ޑައިރެކްޝަން ގައި އޭނާގެ މަސައްކަތުގެ އެކުވެރިޔާ ޢަލީ ޝިފާއު ވެސް ބައިވެރިވެފައި ވެއެވެ.
ފިލްމް އަދި ކުރުފިލްމްތައް[އުނިއިތުރު ގެންނަވާ]
- ހޭލާ
- ބަނޑި އެދުރު
- ހެޕީ ބާރތުޑޭ
- ލޫދިފާ
ޑްރާމާ ސިލްސިލާތައް[އުނިއިތުރު ގެންނަވާ]
- ދަފަރާ
- ޔާސްމީން
- އިންތިހާ
ހޭލާ[އުނިއިތުރު ގެންނަވާ]
ހޭލާ އަކީ އަލީ ޝިފާއު އަދި މޫމިން ފުއާދު ގުޅިގެން ޑައިރެކްޓްކުރި ފިލްމެކެވެ. މިއީ އެދެޑައިރެކްޓަރުންގެ ފުރަތަމަ އުފެއްދުމެވެ. މިފިލްމަށް ތަފާތު އެވޯޑްތައް ލިބިފައިވެއެވެ. މިފިލްމަށް ތަފާތު އެވޯޑްތައް ލިބިފައިވެއެވެ. މިފިލްމްގައި ލީޑްރޯލް ކުޅެފައިވަނީ ކުޑަކުއްޖެއްގެ ބައި ކުޅުނު އަހުމަދު މަޢުރޫފް އަދި އަދި އިސްމާއީލް ރަޝީދު ކޮޕީ އިއްސެ އެވެ.
ހޭލާއަށް ލިބުނު އެވޯޑްތައް[އުނިއިތުރު ގެންނަވާ]
- އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ : އިސްމާއިލް ރަޝީދު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
- އެންމެ މޮޅު ޗައިލްޑް އާޓިސްޓް: އަހުމަދު މައުރޫފު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
- އެންމެ މޮޅު ވާހަކަ: މޫމިން ފުއާދު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
- އެންމެ މޮޅު ސިނެމަޓޮގްރަފީ : މޫމިން ފުއާދު / އަލީ ޝިފާއު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
- އެންމެ މޮޅު އާޓް ޑައިރެކްޝަން: މޫމިން ފުއާދު / އަލީ ޝިފާއު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]
- އެންމެ މޮޅު ވާހަކަ: މޫމިން ފުއާދު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
- އެންމެ މޮޅު ސިނެމަޓޮގްރަފީ : މޫމިން ފުއާދު / އަލީ ޝިފާއު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
- އެންމެ މޮޅު އާޓް ޑައިރެކްޝަން: މޫމިން ފުއާދު / އަލީ ޝިފާއު - ހޭލާ - ގައުމީ ފިލްމް އެވޯޑް 5
އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]
- މިއަދު ކްރިސްޓަލް އެވޯޑް
- ގައުމީ ފިލްމް އެވޯޑް
- ދިވެހި ފިލްމް އިންޑަސްޓްރީ
އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]
- ގައުމީ ފިލްމް އެވޯޑް ރަސްމީ ވެބްސައިޓް
- ދިވެހި ފިލްމީ އުދަރެސް
- ފިލްމީ ތަރި ޢަލީ ސީޒަންގެ ރަސްމީ ވެބްސައިޓް